ބަދިގެއްގައި ހުރި ގޭސް ފުޅިއެއްގެ ހޮޅީގައި އަލިފާން ރޯވެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު 13:23 އެހާކަށް ހައިރު ކަމަށެވެ. އެ ހާދިސާ ހިނގީ މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ހުރި ގޭސް ފުޅިއެއްގެ ހޮޅީގައި އަލިފާން ރޯވެގެން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ދިޔައިރު ހޮޅީގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ދޭތެރެ ދޭތެރެއިން ކެފޭތަކުގެ ބަދިގޭގައ މިފަދަ ހާދިސާތައް ހިނގި ނަމަވެސް ވަރަށް މަދުން ނޫނީ މާ ބޮޑުވަރެއް މިހާތަނަށް ވެފައެއް ނުވެއެވެ.