ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލާގައި ކޯލިޝަން ލީޑަރުން އެއްތަން ނުވާތީ ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީ ދުންފަތާއި މީހުން ދުރުކުރުމައް ވެސް ގާނޫނަކުން މަނާކޮށް ސިނގިރޭޓު ފޮށީގަ ބިރުވެރި ފޮޓޯ ޖަހާ ހަދާއިރު ޖިންސީ ގޮތުން ރާއްޖެ އެހާ ނިކަމެތި ހާލަކަށް ވެއްޓޭއިރު ގާނޫނުތަކުން ވެސް ހުރަސް އަޅަން ކޯލިޝަންގެ ވެރިން އެއްތަން ނުވަނީ އެ ބޭފުޅުން ވެސް ޝިކާރަ ވެފަ ތިބީތޯ ސުވާލު ކުރައްވާފައެވެ.
ޖިންސީ ގޯނާ ކުރުމާއި ގުޅޭ ގޮތުން ކޯލިޝަންގެ ލީޑަރުން އެއްތަން ނުވި ނަމަވެސް މި މައްސަލާގައި ސަރުކާރު ކޯލިޝަން ޕާޓްނަރުން ކަމަށްވާ އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދި އަދާލަތު ޕާޓީންވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ކުއްލި ގޮތަކަށް އިތުރުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ހިސާބުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ އެކުއްޖާގެ ބައްޕަވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިހުމާލުވުމުގެ ސަބަބުންނެވެ.
މޫސައަށްނޭގޭނެ ކޯލިޝަން މީހުންގެ ބައްދަލުވުން ބާންޖެހޭދުވަހާއި ގަޑީގެ ވާހަދައް އަގަމަޑުންލައިގެހުރެވޭތޯބަލާ