ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ. ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ މިފަދަ މައްސަލަތައް ދިވެހި މުޖްތަމައުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސް ކުރުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ރައީސް ސޯލިހް ވަނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.
ކޮލަމާފުށި އެއީވެސް ތީގެ ބޮޑު ރަށެއް. 90 ގެ އަހަރުތަކުން ފެށިގެން 2010 ހާ ހިސާބަށް ތިރަށުގަ އުފެދުނު ފިރިހެން ދަރީންގެ ތެރެއިން ޕަސެންޓެއްވެސް ނުހުންނާނެ ސަލާމަތުން. މުހުސިނުގެ އަތްދަށު ވެފަ. ކީއްވެ އޭނަގެ ނަން ތި ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރުގަ ނެތީ. މާދަންވެސް ނުކުމެފަ ކޮންމެވެސް ދަރިއެއްގެ ދިރިއުޅުން ކޮށާލާނީ. ކޮބާ އޭނަ އެރަށުން "ކައިވެނި ކުރި" މީހުންތައް. އޭނަ ދިޔަ ކޮންމެ ރަށެއްގަވެސް އޭނަގެ ޝިކާރައަކަށްވި ކުޑަ ފިރިހެންކުދިން.ނުވި ތަަކަށް ބަންގާޅީންވެސް.