ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޕީޕީއެމުންކުރި ޓްވީޓުގައި ބުނެފައިވަނީ، އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ މުއްދަތު ޖެނުއަރީ 13 ވަނަ ދުވަހުގެ ހަވީރު 16:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ. ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވަތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެޕާޓީގެ ޓިކެޓުގައި ކައުންސިލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ހ. ހުރަފައިންނާއި، އެޕާޓީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ޕީޕީއެމް އިން ކުރި އިއުލާންގައިވެއެވެ.
ކައުންސިލް އިންތިހާާބާއި ގުޅިގެން އެ ޕާޓީން ބާއްވާ ޕްރައިމަރީ އޮންނަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި ޖެނުއަރީ 17 ގެ ކުރިން ޕީޕީއެމް ގެ މެންބަރަކަށް ވާ ކޮންމެ މީހަކަށްވެސް ޕްރައިމަރީގައި ވޯޓު ދެވޭނެއެވެ.