ކ. މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 21 ފުޅި ބަނގުރާފުޅި ހޯދައިފިއެވެ.

ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު މާފުށީގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 14:25ހާއިރު ހަދަމުންދާ އިމާރާތެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 21 ފުޅި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ އާ އަހަރާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގައި 65 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް މިހާރު ބަންދުގައި ތިބީ 19 މީހެކެވެ.