މެލޭޝިއާގެ ކުއާލަލަމްޕޫރުގެ އުސް އިމާރާތަކުން ވެއްޓި ދިވެހި ކުޑަކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރު ކުއްޖެކެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ދިވެހި ކުޑަ ފިރިހެން ކުއްޖެ ކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓުނީ 21ވަނަ ފަންގެފިލާއިން ކަމަށް މައުލޫމާތު ލިބެއެވެ. މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ބުނީ އެ ކުއްޖާ ވެއްޓުނު ގޮތް ބަލަމުން އަންނަ ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. މިދުވަސްވަރަކީ ސުކޫލްތަކުގައި ބޮޑު ޗުއްޓީއަށް ވުމާއި އާ އަހަރުގެ ޗުއްޓީއާއި ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން މެލޭޝިޔާއަށް ދަތުރުކުރެ އެވެ.

ދާދިފަހުންވެސް މެލޭޝިޔާގައި ދިރިއުޅެމުން އައި ދިވެއްސަކު، އޭނާގެ އެޕާޓްމަންޓްގައި މަރުވެފައި އޮއްވާ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ފެނިފައެވެ.