ރާއްޖެވަނީ އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި މަގާމު ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އާ އަހަރުގެ ތަހުނިޔާ މެސެޖުގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެވަނީ ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަތުގުޅާލައި، އިތުރު ގައުމުތަކާއި ގުޅުން ގާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް ވެފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރާ ކުރިމަތިލަނީ އުއްމީދުން ފުރިގެންވާ ހިތްތަކަކާ އެކުގައި ކަމަށާއި، މި ފެށޭ އަހަރަކީ ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރު ކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސް ސޯލިހުގެ ޒައާމަތުގެ ފުރަތަމަ އަހަރު ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާތީތަކެއް ހާސިލް ކޮށްފައިވާ ކަަމަށެވެ. އެގޮތުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށްފައި ވާ ކަމަށާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުމަކީ އުއްމީދެއް ކަމަށެވެ. އަދި މި ޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުމަކީވެސް އުއްމީދެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.