އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މަރަދޫފޭދޫ މޯލްޑިވިއަން ޓިކެޓް އޮފީސް ކުރިމަތީގައި މި އެކްސިޑެންޓު ހިނގީ މިރޭ ގަޑިން 20:30 ގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ 2 ސައިކަލް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އަނިޔާވި އެންމެންވެސް ފުރަތަމަ ގެންދިޔައީ މަރަދޫ ސިއްހީ މަރުކަޒަށެވެ. މި ތިން މީހުންނަކީ ވެސް ފިރިހެނުންނެވެ.

ބޮޑަށް އަނިޔާވި މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރެވި، މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ދެން ތިބި ދެމީހުންނަށް މާބޮޑު އަނިޔާއެއް ނުވެއެވެ.