މި ސަރުކާރުން ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ ކަމަށާއި، ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާ ދެކޮޅަށް މާލޭގައި އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.
މިއަދު ހަވީރު މާފަންނު ރަސްފަންނު ސަރަހައްދުގައި ކުރި މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ. އިހުތިޖާޖުގެ ބައިވެރިންގެ އަތުގައި އެމްޑީއެންއާއި އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓާއި ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ބޯޑުތައްވެސް ހުއްޓެވެ. އިހުތިޖާޖުގެ ބައިވެރިން މަގުތަކުގައި ހިނގާލުމަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. މިއީ އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ ދެވަނަ އިހުތިޖާޖެވެ.
ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތަކުގައިވެސް އަންނަނީ އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް އެއްވުންތައް ބާއްވާ ރައްޔިތުން ޝުއޫރު ފާޅު ކުރަމުންނެވެ. އަދި 80 އަށް ވުރެ ގިނަ ކައުންސިލްތަކުން ވަނީ އެ ޖަމިއްޔާގެ ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީއެންގެ މައްސަލަ ފުލުހުންވެސް މިހާރު އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ބަލައި ނިމެދެން ވަގުތީ ގޮތުން އެމްޑީއެންވަނީ ސަސްޕެންޑްކޮށްފަ އެވެ.
ސަރުކާރުގެތެރޭގައި،އޮތް" އަނދިރި" ދައުލަތުން ލާދީނީބައިގަނޑަކައް ހިތްވަރުދީގެން ލޮބުވެތި ނަބިއްޔާއައް ފުރައް ސާރައާއި،މަލާމާތްކޮއް ހަޖޫޖަހަމުންދާއިރު ތިބުނާ ޤާނޫނު ތަންފީޒު ކުރާތަނެއް ދިވެހިރައްޔިތަކަން ނުފެނެއެވެ އަނގައެއްއޮތިއްޔާ ކާޅެއް ނުކާނެއެވެ.