ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަސްޓަމަރުންނަށް މޯބައިލް ޑާޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާގުން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދިވާމެގެން އުޅޭ ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ހައްލު ކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ކަސްޓަމަރުންނަށް ހިއްސާ ކުރަމުން ގެންދާނެ ވާހަކަ ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން މައާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ކެތްތެރިކަމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފެށި މޮބައިލް އޮޕަރޭޓަރެވެ.