ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކުރާ ގޮތަށް ނިންމައިފިއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހް ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 9 ޖަހާ އިރު ދަރުބާރު ގޭގައެވެ. ސަރުކާރުގެ އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އަދި މި ޕްލޭނަކީ ކުރިޔަށް އޮތް 5 އަހަރުގެ ސަރުކާރުގެ މަގު ޗާޓެވެ. މީގައި ސަރުކާރުން ކުރާނެ ހުރިހާ ކަމެއް އެކުލެވިގެން ދާއިރު ކޮންމެ އަހަރެއްގެ އެނުއަލް ޓާގެޓް ވެސް މި އެކްޝަން ޕްލޭންގައި ހިމަނާފައި ވާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.