ގައުމެއް ކުރިއަރާ ދަނީ ޓެކްނޮލީގެ އެހީގައެވެ. އެފަދަ ޓެކްނޮޖީއެއްގެ އެންމެ މުހިއްމު އެއް ބައިވެރިއަކީ މުއާސަލާތީ ހިދުމަތެވެ. މަސައްކަތުގެ މާހައުލުން ފެށިގެން ގޮސް އަމިއްލަ ދިރިއުޅުމުގައިވެސް މުއާސަލާތަކީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި އެއްޗެކެވެ.
ރާއްޖެއަކީ އެހެން ގައުމުތަކާއި ހިލާފަށް އެއްފަސް ވެފައިވާ ގައުމެއް ނޫނެވެ. ހުރިހާ ރަށެއްވެސް އޮންނަނީ ވެރިރަށާ އެތައް މޭލެއް ދުރުގައެވެ. މީގެ އަހަރުތަކުގެ ކުރިއަށް ޖެހިލާއިރު އެއްރަށެއްގައި ހުންނަ މީހަކު އަނެއް ރަށުގައި ހުންނަ މީހަކަށް ގުޅާލާ ހާލު އަހުވާލު އަހާލުމަކީވެސް ދަތި ކަމެކެވެ. ދެ ރަށެއްގައި ހުންނަ ދެ މީހަކަށް ވިޔަފާރި ކުރުންވެސް ވެފައި ވަނީ ދަތި ކަމަކަށެވެ.
މި ހުރިހާ ކަމެއް ނިމުމަކަށް ގެނެސް، ރާއްޖޭގެ އެކި ކަންކޮޅުތައް އެއް ވިއުގައަކުން ގުޅާލަ ދިނީ ދިރާގެވެ. މުޅި ރާއްޖެ ގުޅާލުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ނިމުމެއް ނެތެވެ. ނަމަވެސް ނޭނގި ހުއްޓާ ދިރާގަށް 31 އަހަރު ފުރުނީއެވެ.
މުޅި ރާއްޖެ ގުޅާލުމުގެ ފުރަތަމަ މަރުހަލާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓެލެފޯނުގެ ހިދުމަތް ތައާރަފު ކުރުމެވެ. އަދި ޓެލެފޯނާއި އެކު ޓެލެފޯނު ބޫތުތައް ވެސް ދިރާގުން ތައާރަފުކޮށް އާއްމު ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ދިރާގުން ހޯދައި ދިނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް އަ އެވެ. އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާ ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވުނެވެ.
މި ހުރިހާ ކަމެއް ކަޑަތު ކުރުމަށްފަހު މިއަދު މަދު ގައުމެއްގައި ތައާރަފު ކޮށްފައިވާ 5ޖީގެ އެންމެ ޒަމާނީ ހިދުމަތާއި ހަމައަށް ދިރާގުން ވަނީ ވާސިލްވެފައެވެ. ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށް އެންމެ ފަހުގެ ފައިބާ ޓު ދަ ހޯމް އިންޓަނެޓުގެ ހިދުމަތްވެސް ފޯރުކޮށްދީފައެވެ. މި ހިދުމަތް މުޅި ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް އަންނަނީ ހަލުވިކަމާއި އެކުގައި ލިބެމުންނެވެ.
ދިރާގުން ހަމައެކަނި މޯބައިލް ފޯނާއި ގުޅޭ ހިދުމަތްތަކާއި އިންޓަނެޓުގެ ހިދުމަތްތަކުން ފުއްދައެއް ނުލައެވެ. އެކުންފުނިން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ފަށާފައެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅެއް 1253 ކިލޯމީޓަރުގެ ކޭބަލަކުން އެންމެ ފުރަތަމަ ގުޅައިދިނީ ވެސް ދިރާގެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވި އެވެ.
މުއާސަލާތީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެތައް ސަބަބަކާ ހެދި އެވެ. މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ދިރާގު ކަމަށް ވާއިރު 5ޖީ ހިދުމަތް މިހާރު ލިބެނީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގަ އެވެ. މިއީ ރާއްޖެއަށް ވެސް ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ކުރިއެރުމެކެވެ.
ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް ދިރާގުން ދިވެހި ރައްޔިތުންނަށް ހިދުމަތް ދެނީ 99 ޕަސެންޓު ދިވެހި މުވައްޒަފުންނާއި އެކުގައެވެ. ކިތަންމެ ވާދަވެރި ކަމެއް އޮތް ކަމުގައިވިއަސް ދިރާގުގައި ކަސްޓަމަރުން ދެމި ތިބުމުގެ އެއް ހެއްކަކީ ދިރާގުގެ މުވައްޒަފުން ކަސްޓަމަރުންނާއި ބާއްވާ ގާތް ގުޅުމެވެ.
މި މުވައްޒަފުންނާއި އެކު ދިރާގުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ހިދުމަތެއް ދެމުން އަންނައިރު ދިރާގުން އަންނަނީ ރާއްޖޭގެ އިޖުތިމާއީ ކަންކަމުގައިވެސް ބޮޑު ބައިވެރިއެއްގެ ހިއްސާ އަދާ ކުރަމުންނެވެ. އެގޮތުން، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ކަމެވެ. ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީވެސް ފާއިތުވި އަށް އަހަރު ދުވަހު ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އަންނަ ރޭހެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ.
މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތަތްވެސް ބާއްވާފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުވައި، ކުޅިވަރުގެ މައިދާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދުމަށް ރާއްޖޭގައި ހިންގާ ހަމައެކަނި ހަރަކާތެވެ.
ދިރާގުން ވަނީ މި ވޭތުވެދިޔަ 31 އަހަރު އިގްތިސާދީ އަދި އިޖުތިމާއީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. ގައުމެއް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އަދި މި ކުންފުނި އޮތީ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނާއި ގައުމަށް މި ހިދުމަތްތައް ދިނުމަށް އަތުކުރި އޮޅާލައިގެންނެވެ. އަދިވެސް ދިރާގު ދަނީ ކުރިއަށެވެ.
ރައްޔިތުން ލޮލުގަ އަނދުން އަޅުވާ ފެލާލުމުގައި 31 އަހަރު