އިއްޔެ ލ. ގަމު ގެއެއްގެ ތެރޭގައި އޮތް މަސް ފެންގަނޑަކަށް ވެއްޓުނު 2 އަހަރުގެ ތުއްތު ފިރިހެން ކުއްޖާ އަދިވެސް އޮތީ ސީރިއަސް ހާލަތުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ދަޕްރެސް"އަށް މިއަދު ވިދާޅުވީ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އަދި އެ ކުއްޖާ އޮތީ އައިސީޔުގައި ކަމަށާއި ކުއްޖާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކު ފެންގަނޑަކަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 15:30 އެހާކަށްހާއިރު ކަމަށެވެ. އަދި އެ ކުއްޖާއަށް ގަމު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ގަމު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އަދި ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ދިނީ ގަމު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހެކެވެ.