ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ދިޔަމިގިއްޔަށް މިއަދު ވަޑައިގެންފިއެވެ.

ދިޔަމިގިއްޔަށް މިއަދު ރައީސް ސޯލިހް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިޔަމިގިލީ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދިޔަމިގިއްޔަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެއަތޮޅު ބުރުންޏަށެވެ.