މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ހާޝިމްގެ ނަން ފޮނުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

ހާޝިމްގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.