އުމުރުން ކުޑަ ކުއްޖެއްގެ ގޮތުގައި ވަނިކޮށް އޭރުގެ ސަރުކާރުން ދެމުން ގެންދިޔަ އަނިޔާތަކުގެ ވާހަކަތަކަށް އަސަރާ އެކުގައި މަޖިލީހުގެ ތަޅުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބަންޑުން ކޮށްލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ކުޑަކުދިންގެ އަދުލުގެ ބިލަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ސަގާފަތް ރާއްޖޭގެ ތާރީހުގެ ތެރެއިން އެންމެ ގިނައިން ފެންނަން އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 'އަނިޔާވެރި ވެރިކަމުގެ' ތެރެއިން ކަމަށެވެ. އަދި އޭރު ބޮޑަވަމުން ދިޔަ ގިނަ ކުދިން ހަލާކުގެ ތެރެއަށް ވަދެގެން ދިޔައީވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ކުޑަކުދިންނާ މެދު ކަންކަން ކުރަމުން ދިޔަ ގޮތުގެ ސަބަބުން ކަމަށް ޖާބިރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އޭރުގައި ރާއްޖޭގައި ހުރީ ފުލުސް ކޯޓު. އޭރުގައި ޖަލަށް ލުމުގައި އުމުރެއް ބެލުމެއްވެސް ނޯވޭ. 12 އަހަރުތޯވެސް. އަޅުގަނޑު ވަރަށް ހަގު އުމުރުގަ. 16 އަހަރުގައި ވަނީ އަރުވާލާފަ. އެއީ ހިންނަވަރަށް އެއްދުވަހު އަރުވާލީ. ބޯޓަކަށް ލާފަ އަރުވާލައިފި. އަޅުގަނޑަކަށް ނޭނގޭ އެ ކޮންތާކަށްކަން ދަނީކީވެސް. އަޅުގަނޑަކީ ކުޑަކުދިންގެ ތެރޭގައި ހިމެނުނު މީހެއް. މިއަދު އަޅުގަނޑު މިހުރީ މަޖިލީހުގައި. މިއަދު އަޅުގަނޑު މި ވާހަކަ ދައްކާއިރު ކުޑަކޮށް ހިތަށް ތަދުވެސްވޭ،" ކުޑައިރު ލިބުނު އަނިޔާތަކުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކޮންމެ އިންސާނަކުވެސް ޅަ އުމުރުގައި ރަނގަޅު ދިރިއުޅުމެއް ބޭނުންވާނެ ކަމަށެވެ. ނަމަވެސް އޭރު އެ ދިރިއުޅުން ލިބުން ވީ ދަތި ކަމަކަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ މިއަދުވެސް ހަމަ ރައީސް މައުމޫން ފަދަ ބޭފުޅުން ޕާޓީ ހައްދަވައިގެން ވެރިކަމުގެ ބާރުތަކުގެ ތެރޭގައި އެބަ ތިއްބެވި ކަމަށެވެ.
"އަޅުގަނޑު މި ވާހަކަ ދައްކަން މި ޖެހުނީ މިހާރުވެސް މިރާއްޖޭގައި ރައީސް މައުމޫނު ކަހަލަ މީހުން ޕާޓީ ހަދައިގެން އަދިވެސް މި ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެ ތެރޭގައި އެ ތިއްބަވަނީ ދެން ކިހިނެއްތޯ މި ރާއްޖެ ރަނގަޅު ވާނީ. މީގެން ދުރުވާ ވަރެއް ނުވާނެ އެއްވެސް ކަމަކުން. އެހެންވީމަ އައިޑިއާތައް ބަދަލުވެގެން ގާނޫނުތައް ބަދަލުވެގެން ތަންފީޒީ ދާއިރާތަކުން އެކަންތައްތައް ތަންފީޒު ނުކުރަންޏާ އެކަންތައްތައް ކިހިނެއްތޯ ވާނީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައިވެސް ކުޑަކުދިން ބޭނުންކުރީ ސިޔާސީ މަންފާ ހޯދުމަށް ކަމަށެވެ. އެގޮތުން ލާރި ދީގެން ގޭންގް މާރާމާރީ ހިންގުމަށް ކުޑަކުދިން ނެރެގެން އުޅެނީ އެސަރުކާރުގައި ކަމަށް ޖާބިރު ތުހުމަތު ކުރިއެވެ.
"އަޅުގަނޑުމެންނަށް ފެނުނީ އަބްދުﷲ ޔާމީން. ގޭންގް މާރާމާރި ކުރުމަށް ކުޑަކުދިން ނެރެގެން އުޅުނުތަން. އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުޑަކުދިން ނެރެގެން ސީދާ ކުޑަކުދިންނަށް ބޮޑުކޮށް ލާރި ދީގެން ވަރަށް ވައިލެންޓްކޮށް ރާއްޖޭގެ މާލޭގެ މަގުމަތި ފެނިގެން ދިޔައީ. މައުމޫނު ދައުރުގައިވެސް ވަރަށް ގިނަ ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުންކުރަމުން އައި" ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި އެވެ.
ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމު ކޮށްފައެވެ. ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްޗަށް އަމަލުކުރަން ޖެހޭނެ ގޮތްތައް ބިލުގައި ހިމަނާފައި ވާއިރު ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރި ކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމް ކުރަން ޖެހޭނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ބުނެފަ އެވެ.
ކަލޯ ޖާ ކީއްކޮއްގެންތަ އަރުވާލީ ހަމަ ހުރެފަކަ އަރުވައެއް ނުލާނެދޯ . ޢެހެން ކުދިން ވެސް ކުޑަވެގެން ބޮނޑުވާނީ .ކުރިކަމެއް ކިޔައިނުދީ ކިތަންމެ ވަރަކަށް އުދާސްގަނޑު ބޭރުކުރިއަސް ހަމްދަރުދީއެއް ނުލިބޭނެ .
ހަޤީގަތުގަ މިރާއްޖޭގައި ކުދަކުދިން ނަށް އެންމެ އަޅާލި އަދި ހުރިހާ އުމުރެއްގެ ބަޔަކައްވެސް ޝާމިލްކޮށް ހުރިހާ ގޮތަކުންވެސް ހުރިހާ ރޮނގަކުން ވެސް އަޅާލި އޯގާވެރި ވެރިއަކީ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމު ކަމަށް އަޅުގަނޑު ހެކިވާނަން. ރައްޔަތް ނުބައި ނުލަފާ ވީމަ ވެރިމީހާގެ އަތް އެފަދަ މީހަކަށް ނުފޯރާނަމަ ވެރިއެއްގެ ބޭނުމެއް ނެތް. މިއަދު މިޤައުމުގެ ކޮންމެ ދިމާއަކަށް ބަލާލިއަސް ފެންނަނީ މިދިޔަ ސަރުކާރުން ކޮށްދެއްވި އަގުހުރި މަސައްކަތްތައް. މިހާރު މިފެންނަނީ މިފަދަ އިޚްލާސްތެރި ވެރިޔާގެ އަގުވައްޓާލުމައްޓަކައި މައުސޫމު ބަޔަކަށް ވެގެން މިޤައުމުގެ އެންމެ ބޮޑެތި ޚާއިނުން މަކަރާޖަހައިގެން މި ލޮބުވެތި ޤައުމު ކާތަން.