ރާއްޖޭގައި ފުުރަތަމަ ފަހަރަށް ދެ އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސުޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދިވަޑައިގެންފިއެވެ.
ރައީސް ސާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މ. ސީނާ ޑރ. އަޒްމިރަލްޑާ ޒާހިރު އަދި މ. ކޮކާހަނދުވަރު، އަލްއުސްްތާޒާ އައިޝާ ޝުުޖޫން މުހައްމަަދު އައްޔަން ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ލަފަޔަކަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.
ރާއްޖޭގައި ސުޕްރީމް ކޯޓެއް އެންމެ ފުރަތަމަ އެކުލަވާލީ 2008ވަނަ އަހަރު ފެހި ގާނޫނު އަސާސީގެ ދަށުންނެވެ. އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ. ނަމަވެސް 2010ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރިއެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހާ އެކު އަނެއްކާވެސް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރިއެވެ.
ސުޖޫން އަކީ ވަރައް އަހުލާގީ ފެންވަރު ދަށް މީހެއް ހެދުން އެޅުމުގާ ދުންފަތުގެ އިސްތިއުމާލު އެކަމައް އަރާހުރި އެކަމުގާ ހައްދުފަހަނަޅާ އަޅުގަނޑެއް ނުދެކެން އެކަމަނާ އެއުޅުއްވާ ގޮތައްއުޅުއްވާ ފަނޑިޔާރަކު މިގައުމުން އަދިމިވީ ހާތަނަކައް ނުދެކެން ތިޔަނޫން ބަޔަކު ނެތީތޯ ލިޔާނެ ވަރައްގިނަވާހަކަ އެބަހުރި.. ތިޔަބުނާ ކޮމެޓީގަޔާ ތިޔަބުނާ އެލްކޭޖީ ޖޭއެސްސީގެ ފެންވަރުދޯ ވަކިބަޔަކު އަތުގަދޯ ރިމޯޓު އޮތީ ބޯހަލާކު ޗިޗަންޑާ19
ސުޕުރިމް ކޯޓައް އަންހެން ފަޑިޔާރުން އައްޔަން ކުރަނީ އިސްލާމީ ސަރިއަތާ ހިލާފައް ކަމަށް ބުނެފި. އައްސޭހު ޒައިދު