ދިރާގު ޓީވީއިން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި "ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ގެނައުމަށް ސޮއި ކޮށްފިއެވެ.
މި ފިލްމަކީ ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އުލެވިގެންވާ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެކެވެ. "އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޔެކެވެ. "ބަވަތި" އަކީ މި ކުންފުނީގެ ފުރަތަމަ ފިލްމަށްވާ އިރު މި ފިލްމު ހާއްސަވާ އެއް ކަމަކީ މި ފިލްމުގެ މައިގަނޑު އެއް ރޯލުގައި ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގް ފެނިގެންދާނެތީއެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) މައިގަނޑު އަންހެން ރޯލުން ފެނިގެންދާނެއެވެ. އިފްރާޒްގެ އިތުރުންވެސް ފިލްމުގައި ވަރަށް ގިނަ އައު ތަރިން ފެނިގެންދާނެއެ. މި ފިލްމު ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި އަންނަ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުގައިއެވެ. އަދި ސްކްރީނިންގ އަށް ފަހު ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމުން ބަލާލެވޭނެއެވެ.
ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުންކަމަށްވެސް ދިރާގުން ބުނެއެވެ. ދިރާގުން ބުުނީީ އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، ވީހާވެސް ގިނަ ދިވެހި ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.
ދިރާގު އޮންޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެކަމަށ ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފްކުރިތާ ދެ އަހަރު ދުވަސް ވެފައިިވާއިިރު، ދިރާގުންވަނީ ރާއްޖޭގެ އާބާދީގެ %72 ދިރާގުު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.