އއ.އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން ސްނޯކްލިން އަށް މިއަދު ދިޔަ ބޭރުގެ ދެމަފިރިން ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ. މި ދެމަފިރިންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމަފިރިންނެވެ.

އެމްއެމްޑީއެފްއިން ބުނީ މި ދެމަފިރިން ގެއްލިގެން ހޯދަމުން ދަނިކޮށް އަނބުރާ ރިސޯޓަށް ގޮސްފައިވާ ކަމަށް ރިސޯޓުގެ މެނޭޖުމަންޓުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ދެމަފިރިންގެ ހާލުވެސް ރަނގަޅު ކަމަށް ރިސޯޓުގެ މެނޭޖުމަންޓާއި ހަވާލާދީ އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ރާއްޖެއަށް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.