މާލެ ދުކުނު ފަރާތުގެ ފަޅު ތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްގެން އެ ލޯންޗް ތިލަކުރުމަށް ފުލުހުން ހަރަކާތްތެރި ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތްދޭ ގޮތުގައި، މާލެ ދެކުނު ފަރާތުގެ ފަޅު ތެރޭގައި އަޅާފައި އޮތް ލޯންޗެއް ތިލަވެގެން ފުލުހުންނަށް ފެނިފައިވަނީ މިއަދުު ހަވީރު 17:18 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް މި ލޯންޗުގެ ވެރިފަރާތް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ލޯންޗުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށްވެސް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް ލޯންޗް ފަހަރުތައް ދިޔަވުމާއި އެހެނިހެން ކަނޑު އުޅަނދުތައް ދިަވެގެން އެމްއެންޑިއެފް އަދި ފުލުހުންނަށް ރިޕޯޓްކުރާ އަދަދު މަދެއް ނޫނެވެ.