އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވަން ކަމަށް ބުނާ ބައެއް އެކައުންޓުތަކުގެ ލިސްޓެއް އާންމުކޮށްފި އެވެ.
މި ލިސްޓު އާއްމުކޮށްފައި ވަނީ ސޯޝަލް މީިޑިއާގައި ބީއެމްއެލް އެކްސްޕޯސް ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓެއް މެދުވެރިކޮށްގެނެވެ. ނަމަވެސް މި ލިސްޓަކީ ސައްހަ ލިސްޓެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ. މި ލިސްޓުން 24 މީހެއްގެ ވަނަވަރާއި އެ މީހުންގެ އެކައުންޓުތަކަށް ފައިސާ ވަން އަދަދު ވަނީ ހިއްސާކޮށްފައެވެ.
މި ލިސްޓު އާއްމު ކޮށްފައި މިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުން މި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައި ވަނިކޮށެވެ. ދައުލަތާއި އަދީބާ އެކު ވަނީ މިކަމުގައި އެއްބަސްވުމެއް ހަދާ އެމްއެމްޕީއާރްސީގެ ތަހުގީގަށް ދޭން ބޭނުންވާ އެހީތެރިކަން ދިނުމާއި ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވާލައިފައި ކަމަށް ވަނީ ހަބަރު ފެތުރިފައެވެ.
އާއްމުވެފައިވާ ލިސްޓުގައި 18ވަނަ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް އެބަ ތިއްބެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ 155 މީގެއްގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަދެފައި ވާކަމަށާ 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ދެން ކޮބާތަ ލިސްޓް ލިސްޓްވެސް ހިމަނާލިނަމަތާ