ނޭވާ ނުލެވިގެން މ. މުލީ ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނޭވާ ނުލެވޭތީ ކަމަށް ބުނެ މުލީ ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ މަރުވެފައި ވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:43 ހާއިރު ކަމަށެވެ. އަދި މަރުވެފައި ވަނީ 29 އަހަރުގެ ޒުވާން އަންހެނެއް ކަމަށް ފުލުހުން މައުލޫމާތް ދެއެވެ. މިކަމާ ގުޅޭ އިތުރު ތްފްސީލެއް ފުުލުހުން ނުދެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ދަނީ މުލީ ހޮސްޕިޓަލަށް ގޮސް އެކަން ތަހުގީގު ކުރަމުންނެވެ.