ހައްޖާޖީންގެ ފޯނުތަކުގައި ޓްރެކިން އެޕް ބޭނުންކުރުމަށް ސައޫދީގައި ހުންނަ ދިވެހި އެމްބަސީއިން ހައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފި އެވެ.

ދިވެހި އެމްބަސީއިން މިގޮތަށް އިލްތިމާސްކުރީ ކޮންމެ އަހަރަކުވެސް ހައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ، އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށެވެ. ހައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ހަރަކާތްތެރިވަމުން ދާނެއެވެ. އަދި ދިމާވާ ކޮންސިއުލަރ އިމަރޖަންސީ ތަކުގައިވެސް އެމްބަސީއިން އެހީތެރިކަން ފޯރުކޮށް ދެމުން ދާނެ ކަމަށްވެސް ސައޫދީގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ.

މިއަހަރު ރާއްޖެއިން ހައްޖު ކޯޕަރޭޝަނާއެކު 6 ކުންފުންޏެއްގެ ހަވާލުގައި މީހުން ހައްޖަށް ދާނެއެވެ. ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާގެ މައްކާގައި ހައްޖު މިޝަންގެ އޮފީސްވަނީ ގާއިމުކޮށްފައެވެ.