ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާކުރައްވައިފި އެވެ.

ޒުހައިރަކީ ސިފައިންގޭގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭކަލެކެވެ. ޒުހައިރު ރިޓަޔާ ކުރެއްވި އިރު އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ކޯސްޓު ގާޑުގެ ކޮމާންޑަރެއްގެ މަގާމުގައެވެ. ޒުހައިރު ވަޒީފާއިން ރިޓަޔާ ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސިފައިންގެ ރިޓަޔަމަންޓް ގަވައިދުގައިވާ ގޮތުން ޝަރަފްވެރި ކަމާއެކު ވަޒީފާއިން ރިޓަޔާ ކުރެވޭނީ 20 އަހަރުގެ ހިދުމަތަށް ފަހުގަ އެވެ.

ޒުހައިރަކީ ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) ގެ ޗެއާމަން ވެސް މެއެވެ.