މަގުމަތިން ހިނގާފައި ދިޔަ އަންހެނަކާ ފޮށުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވާ ފިރިހެނެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށައިފިއެވެ.
މަގުމަތިން ހިނގާފައި ދިޔަ ޒުވާން އުމުރުގެ އަނެހެނަކާ ފޮށިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 51 އަހަރުގެ އަބްދުލްޣަނީ އިސްމާއިލެވެ. އޭނާގެ މައްޗަށް ވަނީ 3 ދައުވާއެއް ކޮށްފައެވެ.
އާންމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި ހަޑިހުތުރު އަމަލު ހިންގުން، އާންމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ ޖިންސީ އަމަލެއް ހިންގުމަށް އެދުން އަދި އާންމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.
އެހެން ނަމަވެސް އޭނާ ވަނީ އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ މާތްﷲ ގަންދީ ހުވާކޮށްފައެވެ. އޭނާ ކުރި ހުވަޔާ ގުޅިގެން ފަނޑިޔާރު ވިދާޅުވެފައި ވަނީ މާތްﷲ ގަންދީ ހުވާ ކުރިކަމުގައި ވީނަމަވެސް އެފަދަ އަމަލެއް ހިންގައިފައި ނުވާކަން ސާބިތެއް ނުވާނެ ކަަމަށެވެ.
އަބްދުލްޣަނީ ގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ، މަޖީދި މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް އިން ފެށިގެން ރަށްދެބައި މަގު ކައިރީގައި ހުންނަ އަގޯރާ ފިހާރައާ ހަމަޔަށް މީހަކަށް ފޮށި ހަށިހުތުރުބަހުން މުއާމަލާތު ކުރަމުން ދިއުމާއި، އޭނާގެ ލަދުވެތި ގުނަވަނުގައި މީހަކަށް ފުރައްސާރަކުރުމުގެ ގޮތުން އަތްލައި ހަޑި ހުތުރު އަމަލުކޮށް، ޖިންސީ މުއާމަލާތެއް ހިންގަން އެދުނުކަމުގެ ދައުވާއެވެ.