ދިރާގުގެ ކަސްޓަމަރުން މޯބައިލް ހިދްމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާކަަަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މޯބައިލް ހިދުމަތް ހޯދުމުގައި ބުރޫ އަރާފާނެ ކަމަށެވެ. އެގޮތުން ރިޗާޖް ވައުޗާގެ ހިދްމަތާއި އެޑްއޮންސް ގަތުމުގައިވެސް ދަތިތައް ކުރިމަތިވާނެކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރަށް މޯބައިލް ބެލެންސް ބެލުމާއި، ދިރާގު މޯބައިލް އެޕް ބޭނުންކުރުމުގައި ވެސް ދަތިތަކަކާއި ކުރިމަތިވާނެކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ ކަސްޓަމަރުންނަށް ދިމާވަމުމުންދާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ދިމަވާ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.