ސޯމާލިއާއޭ ބުނެފިނަމަ ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ ތަސްވީރު ކުރެވެނީ ބަނޑަށްޖެހިފައިވާ އާބާދީއެކެވެ. ނުވަތަ ދާހިލީ ހަނގުރާމަގަނޑެއް ހިނގަމުންދާ މާހައުލެކެވެ. މިއާ ހިލާފަށް، ނޫސްވެރިޔާ ހުދާން ނަލާޔީ މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ރީތިކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނުމަށެވެ.

ހުދާން ބޭނުންވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިޖުރަކޮށްފައިވާ ސޯމާލިޔާގެ ޒުވާނުންގެ ހިތްތަކުގައި، އަމިއްލަ ވަޒަން އާރާސްތުކުރުމުގެ ރޫހު އަށަގެންނެވުމެވެ. ސޫދާންގެ ކިސްމާޔޯ އަވަށުގެ ހޮޓަލަކަށް ހަމަލާދީ، ހުދާން މަރާލުމާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނު އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ.

ހޮޓަލަށް ދިން ހަމަލާގައި މަރުވި 26 މީހުންގެ ތެރޭގައި ހުދާންއާއި އޭނާގެ ފިރިމީހާވެސް ހިމެނެއެވެ.

ހަތިޔާރު އަޅައިގެން ތިބި ބަޔަކު، ހޮޓަލަށް ވަދެގެން ދިން ހަމަލާގައި ހުދާން މަރާލިއިރު އޭނާ އިނީ ބަލިވެއެވެ. އޭނާގެ ދެދަރިން މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވެ.

ހުދާން ވަނީ ބްރޯކާސްޓް ޖާނަލިޒަމްގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލުކޮށްފައެވެ.