ހަތިޔާރު ބޭނުންކޮށްގެން ބިދޭސީއަކާ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ހަވީރު 4:25 ހާއިރު ހދ. ފިނޭގައި ބިދޭސީއަކާ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީއާއި ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.