އެފްރިކާ ބައްރުން ބޭރުގައި ދިރިއުޅުނު އިންސާނުންގެ އެންމެ ކުރީ ޖީލުތަކުން ޖީލަކަށް ނިސްބަތްވާ މީހެއްގެ ބޮލުގެ ކަށިގަނޑުން ބައެއް ފެނިފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

މި ބޮލުގެ ކަށިގަނޑު ފެނިފައިވަނީ ގްރީސްގެ ދެކުނުގެ ސަރަހައްދެއްގައި އޮންނަ ހޮހަޅައެއްގެ ތެރެއިންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ބޮލުގެ ކަށިގަނޑު 210000 އަހަރުވެފައިވާ ނާށިގަނޑެކެވެ. މިއީ އެފްރިކާ ބައްރުން ބޭރުން އެންމެ ކުރީގެ އިންސާނުން އުޅުނު ކަމަށް ލިބުނު އެންމެ ގަދީމީ ހެއްކެވެ. އެފްރިކާ ބައްރުން ބޭރުގައި އިންސާނުން އުޅުނުކަމަށް އެންމެ ފަހުން ހެއްކެއް ލިބިފައިވަނީ އިސްރާއީލުންނެވެ. އެފަހަރު ފެނިފައިވަނީ ކަތުރުކަށިގަނޑުން ބައެއް ކަމަށްވާއިރު، އެ ކަށިގަނޑަށްވުރެ މިފަހަރު ފެނުނު ބޮލުގެ ކަށިގަނޑަކީ 16000 އަހަރު ކުރިން އުޅުނު މީހެއްގެ ބޮލުގެ ބައެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ބޮލުގެ ކަށިގަނޑަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ފެނުނު ނާށިގަނޑެއް ނަމަވެސް، މިވީހާ ދުވަހު މި ނާށިގަނޑު ބައިންދާފައިވަނީ ދާރުލްއާސާރެއްގައެވެ.