އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމް ގެ އިއްތިހާދުގެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފިއެވެ.
މި އެއްވުމަކީ 1998 ވަނަ އަހަރު ދިވެހި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ގިނަ ދުވަސް ތަކެއް ނަގަމުންދާތީ އެނާ ރާއްޖެ ގެނައުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިތޒާމް ކޮށް ބާއްވާ އެއްވުމެކެވެ.
އަދި މި އެއްވުމުގައި ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ރައްޔިތުންނަށް ދޭން ނިންމި ފްލެޓުތައް މި ސަރުކާރުން ދިނުން ލަސްވުމާ އަދި ފުލެޓު ތަކުގެ އަގު އުފުލެމުން ދިއުމާ ގުޅޭގޮތުންވެސް އެއްވެ ތިބި މީހުން ވަނީ އަޑު އުފުލާފައެވެ. އަދި އޭރު އިމާރާތް ކުރުމަށް ނިންމާފައިވާ 7000 ހައުސިން ޔުނިޓުގެ އަދަދު މަދުވަމުން ދާތީ އެކަން ވެސް ސާފުކޮށްދިނުމަށް މި އިތިޖާޖުގައި އަޑު އުފުލުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކަރަންޓު ބިލުތައް ބޮޑުވަމުން ދާކަމާއި އަދި އެހެނިހެން ކަންބޮޑުވުންތަކާ ގުޅޭގޮތުންވެސް މި އެއްވުމުގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފުއްދާނެ ކަމަށް ބުނެފައިވާ ގިނަ ވައުދުތަކެއް ނުފުއްދި ގިނަ ދުވަސްތަކެއް ނަގަމުންދާ ކަން ވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.
އަދި މި ސަރުކާރަކީ ރައްޔިތުންގެ އަތުން "ފޭރޭ" ސަރުކާރެއް ކަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
އިދިކޮޅު އިއްތިހާދުން މި އިހުތިޖާޖު ފާހަގަ ކުރަމުންދަނީ 'ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަވާ' ހާއްސަ އެއްވުމެއް ކަމަށް ބުނެއެވެ.
ހިތައް އުފާ ވެރިކަން ލިބޭ ރޔ ވާހަކަ އިވުމުން...މިސަރުކާރުގަ އެއްވެސް ގަޓެއް ނެތް...ހީވަނީ ކޮތަރު ގޮވާހެން...