ހާލު ދެރަ ބަލި މީހަކު 8 ވަނަ ފަންގިފިލާއިން ބޭލުމަށް ފުލުހުން އެހީތެރިވެދީފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އެސް އޯ އޮފިސަރުންގެ ގުރޫޕެއް އެހީތެރިވެދީފައި ވަނީ ގެއެެއްގެ 8 ވަނަ ފަންގިފިލާގައި އޮތް ހާލު ބޮޑު ބަލި މީހެއް ހޮސްޕިޓަލަށް ގެންދިއުމަށް ކަމަށެވެ.
ފުލުހުން މިކަމާ ގުޅިގެން ޓްވިޓާާގައި އާންމުކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގާ މި މަސައްކަތް ކޮށްދީފައި ވަނީ 4 ފުލުހުންގެ ޓީމަކުންނެވެ.
މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުން ކުރާ މަސައްކަތަށް ތައުރީފު ކުރަށްވާފައެވެ.
މީގެ އިތުރުން މިކަމާ ގުޅޭގޮތުން އާންމުން ވަނީ ފުލުހުން ކުރާ މަސައްކަތަށް ޓްވިޓާ މެދުވެރިކޮށް ތައުރީފް ކޮށްފައެވެ. އަދި ފުލުހުން ކުރާ މަސައްކަތް އާންމުން ބަލައިގަންނަ ކަމަށް އެފަރާތަތަކުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އާންމުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންގެ އެއްބާރުލުން ދޭނެ ކަމަށާ ކިތަންމެ ދަތި އުދަގޫ ކަމެއް ކުރުމަށްވެސް ފުލުހުން ފަސް ނުޖެހި އާންމުންނާ އެކު ތިބިކަމަށެވެ.
ތިޔަގޮތުގައި ފުލުހުން ތިބި ނަމަ ރައްޔިތުންގެ ތާއީދު އަބަދުވެސް އޮންނާނެ މައްސަލައަކީ ރިޝްވަތައް ގެއްލި ކުރެވުނު ކަމަކުން ޖެހޭނީ އެކަން ފޫބައްދަން ވަރަށް ހިތްހެޔޮ ބަޔަކައްވެ އެދުންވެރިވުމައް މީ އުއްމީދަކީ
އިމާރާތު ގެ ވެރި ފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކުރަން ފެނޭ އަދި މިކަމުގައި ސިޓީ ކައުންސިލް ގެ ކައުންސިލަރުން އަދި މޭޔަރ އިސްތިއުފާ ދޭން ޖެހޭނެ. މާލޭ ސިޓީ ކައުންސިލުން ޒިންމާ އަދާކުރުމުގައި ވަނީ އިހްމާލުވެފައި
ޓެކްސް ލާރިން އަދި ކަމެއް މިވީ..