ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޝެއިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މީގެ ކުޑައިރުކޮޅެއް ކުރިން މެލޭޝިއާއަށް ވަޑައިގަތްތަނާއެވެ. މެލޭޝިއާ އެއާޕޯޓުގައި ހުންނަވަނިކޮށް ޝެއިހް ފަރީދު ކުއްލިއަކަށް ވެއްޓުނީކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޝެއިހް ފަރީދު އަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން ޝެއިހް ފަރީދު ވަނީ އިސްކޮން ހުންނަވައިގެން އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އުފައްދާފައިވާއިރު، އޭނާ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދީނީ ދަރުސްތައް ދީފައެވެ.