ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޖޭއެސްސީ އާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވާކަމަށް މަޖިލީހުން ބުނެފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޖޭއެސްސީ އާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 9 ޖަހާއިރު ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި ބައްދަލު ވުމަކީ ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އިއްޔެ ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން އަބްދުﷲ ދީދީގެ ސަސްޕެންޝަން އުވާލުމަށް ނެރުނު އަމުރާ ގުޅިގެން އެޖެންޑާ ކޮށްފައިވާ ބައްދަލުވުމެކެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާގޮތުން ޖޭއެސްސީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނާ އަދި ދިވެހި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް، ދުސްތޫރީ އިޖްރާއާތުގެ ބޭރުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
އަދި މި މައްސަލަ ހުށަހަޅުއްވާފައިވާ ގޮތަށް ޖުޑީޝަލް ސާވިސް އަށް ބަލައިގަނެ އެ ކޮމިޝަނުން ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި، އަދި އިއްޔެ ޖޭއެސްސީގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅުއްވާފައިވާ ފޯމު ބަލައިގަތުމަށް ސުްރިމް ކޯޓުން ނިންމާފައި ވާކަމަށް ވެސް އެ އަމުރުގައި ވެއެވެ.
އަދި މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެއް ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ އާމެދު އެއްވެސް ގޮތެއް ނުނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.