މިދިޔަ މަހު ހުޅުމާލޭގައި، ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

19 އަހަރުގެ މި މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މީހާ ހައްޔަރު ކޮށްފައިވަނި ބަޔަކު އޭނާއަށް އަނިޔާކޮށް ގަން ހިންގުވަނިކޮށް އެރޭ 2:45 ގައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރި ދުވަހު ހުޅުމާލޭ ކޯޓުން އޭނާގެ ބަންދަށް 12 ދުވަސް ދިން ކަމަށެވެ. އަދި މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރީ ބަންދުގެ މުއްދަތު އިތުުރު ކުރަން ކަމަށާއި، ނަމަވެސް ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދީފައި ނުވާ ކަމަށެވެ. ކުރިމިނަލް ކޯޓުން މި މީހާ ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ދޫކޮށްލި ސަބަބު ކުރިމިނަލް ކޯޓުން ސާފުކުރުމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ސާފުވާގޮތެއް ނުވެއެވެ.

ކުރިމިނަލް ކޯޓުން މިއަދު ދޫކޮށްލި މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ ހަ އަހަރާއި އަށް އަހަރުގެ ކުޑަ ދެ ފިރިހެން ކުދިންނަށެވެ. އަދި އެ ދެ ކުދިން ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދައްކާފައިވާކަމަށް މައުލޫމާތު ލިބެއެވެ.