މިއަދު ހިނގި މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހުންނަށް ހަމަދާ ދިން ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އައިޖީއެމްއެޗް ކުރިމަތީ އޮންނަ ޝަހީދު އަލީ ގޯޅި ތެރޭގައި ހިންގި މާރާމާރީއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރި ވުނުން އެތަނުން އެކަކަު ފުލުހުންނަށް ހަމަލާ ދީފައިވާ ކަމަށާ މާރާމާރީ ހިންގަން އުޅުނު މީހުންނަނީ 22 އަހަރުގެ 2 ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެތަނުން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ގޯޅިތެރޭގައި މާރާމާރީ ހިންގަން އުޅުނު 3 މީހުންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމުގައި ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މި މާރާމާރީ ހިނގާފައި ވަނީ މަސްތުގެ ހާލުގައި ހުރި މީހަކު އަމިއްލަ އަތުގައި ވަޅިއަޅައިގެން އޭޑީކޭއަށް ދާން ބޭނުންވެގެން އުޅެނިކޮށް އެކަން ހުއްޓުވި ފުލުހަކު ފޮޅުވާލުމަށްފަހު އަނެއްކާވެސް ދާން ހިނގައިގަތުމުން ހުއްޓުވުމާއި ގުޅިގެން ކަމަށެވެ.