ތްރީއޭ އިން ދައުލަތަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ފައިސާ ހޯދުމަށް މީރާއިން އެކުންފުނީގެ މައްޗަށް ކުރި ދައުވާ، މީރާއިން ކޯޓަށް ހާޒިރު ނުވުމުން ބާތިލް ކޮށްފިއެވެ.
ތްރީ އޭ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެކި ފަހަރުމަތިން ހޯދުމަށް މީރާއިން ކޮށްފައިވާ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ކޯޓުގައި އަޑުއެހުމެއް ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް ކޯޓަށް ހާޒިރު ވުމުގެ ޗިޓާ ހަވާލު ވުމަށް ފަހުވެސް މީރާއިން ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
އެހެން ކަމުން ކޯޓުން ވަނީ ދައުވާ ކުރާ ފަރާތުން އެއްވެސް މަގުބޫލު އުޒުރެއް ނެތި އެދުވަހު ގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ ދައުވާ ބާތިލު ކޮށްފައި ވާކަަމަށް ހުކުމް ކޮށްފައެވެ.
ރިސޯތް ހިންގުމުގެ ލައިސަންސް އަނބުރާ ދިން ރިސޯޓް ތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ދޭން ޖެހިފައިވަނީ ތްރީ އޭގެ ފިލިތެޔޮ އިންނެވެ. އެ ރިސޯޓުން 8.1 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ދައްކަން ޖެހެއެވެ. މީގެ އިތުރުން އެ ކުންފުނީގެ މަސްލަހަތު އޮންނަ މެދުފުށިން 4.1 މިލިއަން ޑޮލަރު އަދި އެކުންފުނީ ގެ ހޮނޑާފުށި ރިސޯޓުން 4 ލައްކަ ޑޮލަރު ދައުލަތަށް ދައްކަން ޖެހެއެވެ.
ތްރީއޭގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ، ފިލިތެޔޮ، ހޮނޑާފުށި އަދި މެދުފުށި ނިސްބަތް ވަނީ އަލީ ޝިޔާމްގެ އާއިލާ އަށެވެ. ހޮޑާފުށީގެ ވެރިޔާ އަކީ އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީ އެވެ. އަދި ފިލިތެޔޮ އަކީ އަލީ ޝިޔާމްގެ އައިލާގެ ކުންފުނި ތްރީއޭ ޓްރޭޑިން އެވެ. މި ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވެސް ކުންފުންޏެކެވެ. އަލީ ޝިޔާމާއި ހަމްޒާ އަކީ ދެބެއިންނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއް ގެއެއްގެ ދެ ބޭފުޅުންނާ އެވެ.
ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން އޮއްވާ މި މި ރިސޯޓުތަކުގެ އޮޕަރޭޓިން ލައިސަންސް މީގެ 2 ހަފްތާ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ އާކޮށްދީފައެވެ.
ނަމަކައް ސޯލިހު ކިޔަކަސް ކަންތައް ދަނީ މުޅިން ގޯހުން ގޯހައް ކީއްކުރާނީ ނިކަމެތިން ނިކަމެތި ކަމުގާ