ހައްދު ފަހަނައަޅާފައި މީހުންނާއި ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމަށް ހުރަސް އަޅަން މަސްތްކަތް ކުރާ ފަރާތަތަކުގެ މައްސަލައަށް ހާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ބައްލަވަމުން ގެންދަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި، ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތް ތަމްޒުވާ ގޮތަށް ބަޔަކު ގްރެފިޓީއެއް ކުރަހާފައި ހުރުމުން އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ހަމީދު ވިދާޅުވީ މިފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކާއެކު ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެ ން ބައްލަވަމުން ގެންދަވާ ކަމަށެވެ.
އައްޑޫ މައިލޯ ޓާފް ގްރައުންޑުގެ ބޭރުގައި އައިއެސް ޖަމާއަތަށް ނިސްބައިތްވާ ގްރެފިޓީތަކެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.
ވޯޓު ލުމަކީ ޝިރުކު ކުރުން ކަމަށާ އަދި ޑިމޮކްރެސީ އަކީވެސް ޝިރުކު ކުރުން ކަމަށް އެ ގްރެފިޓީ ކުރެހި ބަޔަކު ލިޔެފައި ވެއެވެ.
އައިއެސް ޖަމާއަތަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައި ވާ ހަނގުރާމަވެރި ޖަމާއަތެކެވެ. އެ ޖަމާއަތުން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނގުރާމަކޮށް ރަހުމުކުޑަކޮށް މީހުން މަރަމުންނެވެ. އޭޕްރީލް 21 ވަނަ ދުވަހު ލަންކާގައި އީސްޓާ ފާހަގަ ކުރަމުން ދަނިކޮށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާވެސް ވަނީ އައިއެސް ޖަމާއަތުން އުފުލާފައެވެ.