ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 3 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 2 މީހުން ކޯޓުން ދޫކޮށްލައިފި ކަމަށް ފުލުހުން ދާދި ދެންމެ ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހައްޔަރު ކުރި ދެމީހުން ހައްޔަރު ކުރީ 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ކަމަށެވެ.

މިމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމަ ކޮށްފައި ނުވި ނަމަވެސް މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ބަޔަކު ކޯޓުން ދޫކޮށްލީމާ ސުވާލު އުފެދެއެވެ.

ފުލުހުން ބުނީ ކޯޓުން އެ 2 މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ ގެ 12 ވަނަ ނަންބަރަށް ރިޔާއަތް ކޮށް ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު ޖަހާފައި ނެތުމުން ކަމަށް ބުނެއެވެ. ފުލުހުން އެދިގެން ހޯދި ކޯޓު އަމުރުގައި ސޮއި އޮތީ ހަމަ އެކަނި ފަހު ގަނޑުގައެވެ.

ރޭ ފުލުހުން ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.