މަސްތުވާތަކެތި ބޭނުން ކޮށް އަދި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބަޔަކު, މާފަންނުގައި ހުރި ގެއެއްގެ ކުޑަދޮރުތައް ވައްޓާލައިގެން ފުލުހުން ވަދެ އަތުލައިފިއެވެ. ފުލުހުން ބުނީ އެމީހުން އަތުލީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މ. އެވަރެސްޓް އާގެއިން ކަމަށެވެ.

އެގެއިން ފުލުހުން ވަނީ 11 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާ 36 އަހަރާ ދެމެދުގެ ދިވެހި 8 ފިރިހެނުންނާއި، 25 އަރަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝް 3 ފިހިރެނުން ކަމަށް ފުލުހުން ބުނެއެވެ.

މިގެއިން ފުލުހުން ވަނީ މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ކަރުދާސް ގަނޑަކާއި ރަބަރު ޕެކެޓެއް ހޯދާފައެވެ.

ފުލުުހުން ބުނީ އެގެއަށް ފުލުހުން ވަނަ ނުދިނުމަށް އެގޭގެ ކުޑަދޮރުތަކުގައި ހުރީ ދަނގަނޑު ތޭރި ޖަހާފައި ކަމަށާ އެގެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރުވާތަކެއްޗާ ގުޅޭ ހުރިހާ ހިދުމަތެއް ދޭ ގެއެއް ކަމަށެވެ. އަދި ފުލުހުން އެގެއަށް ވަދެފައި ވަނީ ކުޑަރޮތުތަކުގައު ހުރި ދަނގަޑު ތޭރިތަކާއެކު ފާރު ތަޅާލައިގެންނެވެ.

ފުލުހުން ވަނީ ދާދި ފަހުންވެސް މިފަދަ އެހެން ގެއެއްގެ ދަނގަނޑު ދޮރުތައް ހަލާކުކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ.