މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފުލައިޓް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން އެމަގާމުން ދުރުކޮށްފިއެވެ.

އަމީން މިއަދު މަގާމުން ދުރުކޮށްފައިވާ އިރު، މިދިޔަ ފެބުރުއަރީ މަހު އަމީން ވަނީ ފްލައިޓް އޮޕަރޭޝަންސްގެ ދަށުން ބަލަހައްޓަމުން އަންނަ ޕައިލެޓުންގެ ކަންކަމުން އެއް ފަރާތްކޮށްފައެވެ. އޭނާ މަސްއޫލިއްޔަތުން އެއްފަރާތް ކުރީ އޭނާއާ ދެކޮޅަށް ޕައިލެޓުން އިހުތިޖާޖު ކުރުމުންނެވެ.

މޯލްޑިވިއަނުން ބުނީ އަމީން މަގާމުން ދުރުކޮށްފައިވަނީ މިއަދުއެވެ. އަދި އޭނާ މަގާމުން ދުރުކުރީ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން ލަފާދީގެން ކަމަށާއި، ކުރިއަށް އޮތްތަނުގައި ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އެ ކުންފުނިން ބުނީ އޭނާ މަގާމުން ވަކި ނުކުރާ ކަމަށެވެ.

އަމީން މަގާމުން ދުރުކުރި އިރު އޭނާގެ އަތުން ބައެއް ބާރުތައް މިދިޔަ ފެބްރުއަރީގައި ވަނީ ނަގާފައެވެ. މި ބާރުތައް ނަގާފައިވަނީ މޯލްޑިވިއަންގެ ޕައިލެޓުން މަސައްކަތަށް ނުނުކުމެ އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.