މާލޭގެ މަގު މަތީގައި އެއްޗެހި އަތުރައިގެން ވިޔަފާރި ކުރަމުންދާ މައްސަލައެއް ފެންމަތި ވެއެޖެއެވެ.
މާލޭގެ ފިހާރައެއްގެ ދޮރުމަތީ ޕާކު ކުރުމަށާ ހިނގުމަށް ދަތިވާގޮތަށް ފިހާރައިގައި ހުރި ތަކެތި ވިއްކުމަށް ބިދޭސީ މީހަކު ހުރި މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މި ވީޑި އޯއިން ފެންނަ ގޮތުގައި އޭނާ ވިއްކަން ހުރީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ.
މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުން ދާ ފަރާތްތަކުން ވަނީ މިއީ ހުއްދަ ކަމެއްތޯ ސިޓީ ކައުންސިލް އަދި ޕޮލިހުންނާ ސުވާލު ކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވީ ސިޓީ ކައުންސިލުން މިފަދަ ކަމެއް ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން ޝިފާ ވިދާޅުވީ ގިނަ ފަހަރަށް މިފަދަ ކަންކަން ކުރަނީ ފިހާރަތަކުން ކަމަށާ މައްސަލަ މީހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ.
ފުލުހުން ބުނީ މި ފަދަ ކަންކަން ފެނުމުން ހުއްޓުވާ ކަމަށާ ނަމަވެސް ފުލުހުން ދިއުމުން ދެވަނަ ފަހަރަށްވެސް މަގުމަތީގައި މޭޒު އަތުރައިގެން ވިޔަފާރި ކުރަން ފަށަނީ ކަމަށެވެ. އަދި ޓްވިޓާގައި އާންމު ވެގެން އުޅޭ ވީޑިއޯއިން ފެންނަ ތަނަށް ގޮސް، ފުލުހުން އެކަން ހުއްޓުވާފައިވެއެވެ.
މީކަމާ ނުރުހުން ފާޅު ކުރަމުން ދާ ފަރާތަތަކުން ބުނަމުން ދަނީ މިފަދަ ގޮތްގޮތަށް ކާބޯތަކެތި ވިއްކުމަކީ ސިއްހީ ގޮތުން ރައްކާތެރި ކަމަކަށް ނުވާއިރު މިފަދަ ކަންކަމަށް ހުއްދަދީގެން ނުވާނެ ކަމަށެވެ.
ދުވާރުތަ އެއީ