ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން ތަކުގެ އެއްވެސް ބެނުމެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރިޔާސީ ދެ ކޮމިޝަނެއް އުފައްދަން ޖެހުނީ ނިމިދިޔަ ސަރުކާރުން މަޖިލިީސް ގެންގޮސްފައިވާ ގޮތާއި އަދި ސަރުކާރު ހިންގައިފައި ވާގޮތުން ކަމަށެވެ. މީގެ އިތުރުން އެ ދެކޮމިޝަނަށް ގާނޫނީ ގޮތުން ބާރު ދޭން ނިންމި ނަމަވެސް މީހުން ހައްޔަރު ކުރުމުގެ ބާރު ދިނުމަށް އޭނާ އެއްބަސްވެވަޑައި ނުގަންނަވާނޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް އެހެން ވިދާޅުވަނީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ކޮމިޓީތަކުގައި ކުރެވޭނެ ކަމަށް އިޝާރާތް ކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހެސައިން ވަނީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ހުށަހަޅުއްވާފައެވެ. ރައީސް ވަނީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި މި ބިލުތައް އަވަސް ކޮށްދެއްވުމަށް އެދިވަޑއިގެންފައެވެ. ނަމަވެސް ނިމިދިޔަ މަޖިލީހުގައި މި ބިލުގެ މަސަތްކަތް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި ބިލު ވަނީ އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

ގެއްލުވާލައިފައިވާ މީހުންނާއި މަރުތަކުގެ މައްސަލައް ބެލުމަށް އަދި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަން ރައީސް އުފެއްދެވީ ވެރިކަމުގެ ފުރަތަމަ ދުވަހުއެވެ.