ބޭނުންވާނެ ތަކެތި

  • 10 ބިސް
  • 1 ދަޅު މަސް
  • 500ގ އަލުވި (ތުނިކޮށް ކޮށާފައި ތެލުލާފައި)
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • މިރުސް (ރަހަ ލާ ވަރުގެ)
  • 2 ސައިސަމުސާ އަސޭމިރުސް
  • ލޮނު (ރަހަ ލާ ވަރުގެ)
  • 1/2 ލުނބޯ ގެ ހުތް
  • ރޯ ޓޮމާޓޯ (ތުނިކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

ފިޔާ، ލޮނު، ،މިރުސް، އަދި ލުނބޯ އެއްކޮށްލާ ރަނގަޅަށް ރަހަ ނުކުންނާނެ ވަރަށް މޮޑެލާށެވެ. އެއަށްފަހު މަހާއި އަސޭމިރުސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓުރޭ މަތީގައި އަލުވިކޮޅު އެންމެ ފުރަތަމަ އަތުރާލާށެވެ. އަތުރާލި އަލުވި ލޭޔާގެ މަށްޗަށް މޮޑެނު މަސް އަޅާށެވެ. މިގޮތަށް މަސްކޮޅު އަދި އަލުވި ކޮޅު ހުސްވަންދެން ލޭޔަރ ކޮށް އަޅާށެވެ. އެޅުމަށް ފަހު ބިސްތައް ގިރާލުމަށްފަހު މަށްޗަށް އަޅާލާށެވެ. އެއަށްފަހު އެންމެ މަތީ ލޭޔާއަކަށް ވަށްކޮށް ކޮށާފައިވާ ތުނި ރޯ ޓޮމާޓޯ ފޮތިތައް މަތީގައި އަތުރާލާށެވެ. ދެން އަވަނުގައި 180 ގައި 30 މިނެޓް ފިހެލާށެވެ.