ކުޑަކުދިން ހިޔާގައި ތިބޭ ކުދިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

މި ރޯދަ ވީއްލުން ދެއްވައިވައިފައި ވަނީ މުލިއާގޭގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ސޯލިހް އަކީ ކުޑަކުދިންނާ ރަހުމަތްތެރި އަދި އޯގާތެރި ރައީސެއްކަން ފާހަގަކޮށް ގިނަ ފަރާތްތަކުން ދަނީ އެމަނިކުފާނަށް ތައުރީފް ކުރަމުންނެވެ.