ކޭންސް ފިލްމް ފެސްޓިވަލްގެ އެކި އިވެންޓުތަކަށް ދިއުމަށް ސެލެބްރިޓީއިން ބޭނުންކުރާ ހެދުންތަކަކީ ފެޝަންގެ ދުނިޔޭގައި އެ ހެދުންތަކާ އެ ހެދުންތަކުގެ ފަރުމާއާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް އަޑު ފެތިރިގެންދާ ހެދުންތަކެކެވެ.

އެގޮތުން ކޭންސް ފިލްމް ފެސްޓިވަލް 2019ގައި، ބޮލީވުޑްގެ ބަތޮލާ ހީނާ ހާން ބޭނުންކުރި މަޑު ދަނބުކުލަ ނުވަތަ ލެވެންޑާ ކުލައިގެ ހެދުމުގެ ސަމާލުކަން ދަމައިގަތީ ކައްކާއިންނެވެ.

އިންޑިއާގައި ފޮނިކާއެއްޗިހި ހަދާ މުމްބާއީއިން ތައްޔާރުކުރި ހީނާހާން މެކަރޫންސް ވަނީ ޚުދު ހީނާ ހާންގެ ސަމާލުކަންވެސް ހޯދާފައެވެ. ހީނާ ވަނީ މި މެކަރޫންސްގެ ވާހަކަ، އޭނާގެ ސޯޝަލް މީޑިއާ ޕޭޖުގައިވެސް ހިއްސާކޮށްފައެވެ.