އިންޑިއާގެ އަސްކަރިއްޔާއަށް ވުރެ ވަކިން ބޮޑު ހިތްވަރެއް ނުލިބޭނެ ކަމަށް އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީ ބުނެފިއެވެ.

ކުރިކެޓް ވާލްޑް ކަޕް 2019 އަށް ދިއުމުގެ ކުރިން ވިރާތު ކޯލީ މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ، އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުން މިއަހަރު ވާލްޑް ކަޕްގައި ކުޅޭ މެޗުތަކަކީ އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސާކުރޭ މެޗުތަކެއްކަމުގައި ހެދުމަށް އެގައުގެ ކުރީގެ ކުރިކެޓާ މޮހިންދްރާ އަމާނާތު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އެ އަޒުމުގައި މެޗަށް ނިކުމެ ކުޅޭނަމަ ތަފާތު ފެންނާނެ ކަމަށްވެސް ވިރާތު ކޯލީ ވަނީ ބުނެފައެވެ. ކަންމިހެން އޮތް ނަމަވެސް، ކޮންމެ ކުޅުންތެރިއަކުވެސް މެޗުގައި އެ ދައްކާ ކުޅުމަކީ ވަކިވަކި ކަންކަމުން ހިތްވަރު ލިބިގެން ކުޅޭ ކުޅުމެއް ކަންވެސް ވިރާތު ކޯލީ ވަނީ ފާހަގަކޮށްފައެވެ.

ދާދިފަހުން ނިންމާލި އިންޑިއާ-އޮސްޓްރޭލިއާ ކުރިކެޓް ސީރީޒްގައިވެސް އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުންވަނީ އެގައުމުގެ އަސްކަރިއްޔާއަށް ހާއްސަ ޝަރަފެއް އަރުވާފައެވެ. އެ ފަހަރުގެ ޝަރަފު އަރުވާފައިވަނީ، ކަޝްމީރުގެ ޕުލްވާމާއަށް އަމާޒުކޮށް ދިން ހަމަލާގައި ފުރާނަ ގެއްލިދިޔަ ޕެރާމިލިޓްރީ ފުލުހުންގެ ހަނދާނުގައެވެ.

ސިޔާސީ އަދި ކުޅިވަރުގެ ކަންކަމުގައި އިންޑިއާގެ އަސްކަރިއްޔާގެ ނަން ވަކި ފައިދާއަކަށް ބޭނުން ނުކުރުމަށް ގިނަ ބަޔަކު ދަނީ ވަކާލާތު ކުރަމުންނެވެ.