އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ބާއްވާ ތިން ދުވަހުގެ ތަމްރީންތައް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން މިއަދު ހަވީރު 6:00 އިން ފެށިގެން 23 ވަނަ ދުވަހުގެ 6:00 އަށް ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިސަރުންތަކެއް މަގުމަތީގައި ހަތިޔާރާއެކު ހަރަކާތްތެރިވަނީ

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މި ތަމްރީނު ތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.