އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތިން ދުވަހުގެ ތަމްރީން ތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހު 21 ވަނަ ދުވަހުގެ ހަވީރު 6:00 އިން މި މަހުގެ 23 ވަނަ ދުވަހުގެ 6:00 އަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މި ތަމްރީނު ތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.