ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ދެކުނުގެ އަތޮޅު ތަކަށް ވިއްސާރަކުރާނޭ ކަމަށް މޯލްޑިވްސް މީޓިއޮލޮޖީ (މެޓް އޮފީސް) އިން ބުނެފިއެވެ.

"ދަ ޕެރެސް" އަށް މައުލޫމާތު ދެމުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނޭ ކަމަށެވެ.

އެގޮތުން މެޓް އޮފީހުން ވަނީ މިއަދުގެ ފަތިހު 4:15 އިން ފެށިގެން މިއަދުގެ ހެނދުނު 9:00 އަށް ރާއްޖޭގެ 7 އަތޮޅަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

ރޭ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ވާވު އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ދެމެދަށެވެ.