މިދިޔަ މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގުގައި ލުތުފަރު ކިޔާ ބިދޭސީއަކު މަރާލީ އޭނާ އެއްޖިއްސުން ގުޅުން ހިންގާކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ މިނި ކަށިތަކެއް ކަނޑުގެ އަޑިން ފުލުހުން ހޯދާފައިވާ ކަމަށެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ ޅައިމަގު ކައިރިން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާކަމަށް ބުނެފައެެވެ. ފުލުހުން ބުނީ ލުތުފަރު މަރާލުމުގައި އުޅުނީ ތިން ބިދޭސީއަކު ކަމަށް ތަހުގީގަށް އެނިގައިވާ ކަމަށާއި، މި މައްސަލައިގައި އޭނާއާ އެކު ކުރިމަގި އެކެއްގައި މަސައްކަތް ކުރަން އުޅުނު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތިން ބިދޭސީން ލުތުފަރު މަރާލުމަށް ފަހު ހަށިގަނޑުގެ އެއްވެސް ބައެއް ވަކިކޮށް ހެދިކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި ލުތުފަރުގެ ހަށިގަނޑު ކަނޑު އަޑީގައި އޮތުމުގެ ސަބަބުން، ކަށިތަކާއި މަސްތައް ވަކިވެ އަޑިން ފެނުނީ ކަށި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ލުތުފަރު މަރާލިކަން ފަޅާ އެރީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަން ފެށި ފަހުން އެ ރަށު މީހުން އެ މައްސަލަ ފުލުހަށް ހުށަހަޅައިގެންނެވެ. ލުތުފަރުގެ ގެއްލުނު ފަހުން ޅައިމަގު ކައިރިން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވެއެވެ. އެ މައްސަލައިގައި އޭނާއާ އެކު އެއް ބޯޓެއްގައި މަސައްކަތް ކުރަން އުޅުނު ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ލުތުރުފަރު މަރާލީ އޭނާ މަސައްކަތް ކުރާ ބޯޓު ތެރޭގައެވެ. މި މައްސަލައިގައި ހައްޔަރުކުރި ލުުތުފަރިގެ ރައްޓެހިން ލައްވާ އެ މަންޒަރު ފުލުހުން ކުޅެފައިވާ އިރު، އެމަންޒަރު ދުށް އެރަށު މީހަކު ބުނީ އެ މީހުންގެ މެދުގައި ޒުވާބު ކުރުމަށްފަހު އެތަނުން އެކަކު ލުތުފަރުގެ އަރިކަށީގައި ޖަހާ އޭނާ ހޭނައްތާލި ކަމަށެވެ. އޭނާ ބުނީ ލުުތުފަރު ހޭނައްތާލުމަށްފަހު ކަރުގައި ހިފާ މަރާލި ކަމަަށެވެ. އަދި އޭނާގެ ޓީޝާޓް ބޭލުމަށްފަހު ގައިގައި 20 ލިޓަރުގެ ރީނދޫ ހަމެއް ބަނދެފައި ފަޅުތެރެއަށް އެއްލާލި ކަމަށާއި، އެމީހުން އޭނާ ގެންގޮސް އެރުވީ އެރަށުގެ ކޮނެފައިވާ ބަނދަރުގެ ތެރޭގައި ހިކިފައި އޮތް ތަނަކަށް ކަމަށެވެ.
އަދި އެތަނަށް ލުތުފަރުގެ ހަށިގަނޑު އެރުވުމަށްފަހު، އޭނާގެ މޭގައާއި ފައިގައި ވެލި ބަސްތާއެއް އައްސާ އެ ދިމާލުން ކަނޑުތޮށިން ބޭރަށް ގެންދިޔަ ކަމަށެވެ. އަދި ލުތުފަރު ގައިގައި އެއްސި ރީނދޫ ހަން ކަނޑާލަށް އެމީހުން ކަނޑަށް އެރުނު ކަމަށާއި، ވެލި ބަސްތާ ބަނދެފައި ހުރުމުން ލުތުރުފަރުގެ ހަށިގަނޑު އަޑިއަށް ދިޔަ ކަމަށް މަންޒަރުދުށް މީހާ ބުންޏެވެ.